މެދުރިރުމަތީ މިހާރު އިސްރާއީލް އާއި ގުޅިގެން އެމެރިކާއިން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އާއި ގުޅިގެން އިރާނާއި އެމެރިކާގެ ދެމެދު ޕާކިސްތާނުގައި ކުރިއަށް ގެންދިއަ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބި އެމެރިކާގެ ވަފްދު ޕާކިސްތާނުން ފުރައިފިއެވެ.
ޕާކިސްތާނުގެ އިސްލާމްއާބާދުގައި އޭޕްރިލް 11 ވަނަ ދުވަހު އިރާނާއި އެމެރިކާގެ ވަފްދާއެކު ކުރެވުނު މަޝްވަރާތަކަށް ކުރިއެރުން ލިބިފައި ނުވާކަމަށް އެމެރިކާގެ ވަފްދުގެ އޮފިޝަލުން ވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގެ ސުލްޙައާއި ހަމަޖެހުން ޤާއިމް ކުރުމަށް ކުރަމުންދާ މަސައްކަތަށް ހިޔަނިއެޅި އުއްމީދު ގެއްލޭގޮތް ވެފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްކުން ދަނީ ފާހަގަ ކުރަމުންނެވެ.
ސުލްހައިގެ ވާހަކަ ތަކުގައި އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި އެޤައުމުގެ ނައިބް ރައީސް ޖޭޑީ ވޭންސް ވިދާޅުވީ މަޝްވަރާތައް ހުއްޓުމަކަށް އައީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ މަސައްކަތް އީރާނުން ކުރިއަށް ނުގެންދާނެ ކަމުގެ ޔަޤީކަން ދިނުމަށް އީރާނުން އިންކާރު ކުރުމާއި ގުޅިގެން ކަމަށެވެ.
މިކަމާއި ގުޅިގެން އީރާނުން ވަފްދުގެ އިސްވެރިއަކަށް ހުންނެވި އެޤައުމުގެ ޚާރިޖީ ވަޒީރު ފާހަގަ ކުރެއްވި ގޮތުގައި އެމެރިކާއިން ކުރަމުންދާ ޝަރުޠު ތަކަކީ އިރާނުން އަމަލުކުރަން ބަލާއިރު ބޮޑު ޝަރުޠު ތަކެއް ކަމަށާއި އީރާނަށްވެސް ނިއުކްލިއަށް އުފެއްދުމުގެ ޙައްޤު އޮންނަންވާނެ ކަމަށެވެ. އަދި އިރާނުން ނިއުކްލިއާ އުފައްދަނީ އިރާނުގެ ހަކަތަ އުފެއްދުމަށާއި ހަކަތައާއި ގުޅުންހުރި ދާއިރާ އުފެއްދުންތަކަށް ކަމުގައެވެ.
ހަނގުރާމައާއި ގުޅިގެން ހުށަހެޅިފައިވާ މައިގަނޑު ޝަރުޠުތަކަކީ:
- ހޮރުމޫޒް ކަނޑުއޮޅި ތެލުގެ ވިޔަފާރިއަށް އާއްމުކޮށް ހުޅުވާލުން
- ހޮރުމޫޒް ކަނޑުއޮޅި އެމެރިކާ އަދި އިޒްރާއިލްގެ ހުރިހާ އުޅަނދުތަކަށް ހުޅުވާލުން
- އެމެރިކާއިން ހިފަހައްތާފައިވާ އީރާނުގެ ފައިސާ އާއި މުދާ ދޫކޮށްލުން
- ހޮރުމޫޒްގެ ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އީރާނުގެ އަތްމައްޗަށް ދޫކޮށްލުން
- ލުބުނާނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ހުއްޓާލުން
ޕާކިސްތާނުގެ އިސްލާމް އާބާދުގައި ކުރިއަށް ގެންދިއަ މި މަޝަވަރާ ތަކަކީ 1979 ވަނަ އަހަރުގެ ފަހުން އީރާނާއި އެމެރިކާ އާއި ދެމެދުގައި މިހާތަނަށް ބާއްވާފައިވާ އެންމެ މަތީ ފަންތީގެ ބައްދަލުވުމެކެވެ.
އިސްރާއީލާ ގުޅިގެން އެމެރިކާއިން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެޤައުމުން އެއްބަސްވެ ހަމަލާތައް ވަނީ 2 ހަފްތާގެ މުއްދަތަށް މެދުކަނޑާލާފައެވެ.