World Featured

އީރާން-އެމެރިކާ މަޝްވާރާތައް ނާކާމިޔާބު ވުމާއި ގުޅިގެން ހޮރުމޫޒް ކަނޑުއޮޅި އެމެރިކާއިންވެސް ބަންދު ކުރަނީ
ތަފްޞީލް

އީރާން-އެމެރިކާ ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބު ވުމާއި ގުޅިގެން އެމެރިކާއިން ހޮރުމޫޒް ކަނޑުއޮޅި 13 އެޕްރީގައި ބަންދު ކުރާނެކަން އިއުލާން ކޮށްފިއެވެ.

 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ނެރުނު އަމުރަށް މިއަދު އަމަލު ކުރަން ފަށާނެ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް ކަމަށްވާ ސެންޓްކޮމް އިންވެސް ވަނީ ހާމަކޮށްފައެވެ.


އެމެރިކާއިން ހާމަކޮށްފައިވާ ގޮތުގައި މި އަމުރު އީރާނުގެ ބަނދަރުތަކާއި އައްސޭރިފަށުގެ ސަރަހައްދުތަކަށް ވަންނަ އަދި ފުރާ ހުރިހާ ގައުމެއްގެ އުޅަނދުތަކަށް ވެސް ތަންފީޒު ކުރާނެ ކަމަށެވެ. ނަމަވެސް އެހެން ބަނދަރުތަކަށް ކަނޑުއޮޅިން ދަތުރުކުރާ ޅަނދުތަކަށް ދަތުރުކުރުމުގެ މިނިވަންކަމަށް އެ ގައުމުގެ ބާރުތަކުން ހުރަހެއް ނާޅާނެ ކަމަށްވެސް ސެންޓްކޮމް އިން ބުންޏެވެ.

 

ކަނޑުއޮޅި ބަންދުކުރާނެ ކަމަށް ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އީރާނުން ނެރުނު ބަޔާނެއްގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް އިން ބުނީ އެއީ މިހާރު ގާއިމުކޮށްފައިއޮތް އެމެރިކާ އާއި އީރާނުގެ ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމަ ހިލާފު ކަމެއް ކަމަށާއި އެއީ އޭޕްރީލް 22 ގެ ނިޔަލަށް އަމަލު ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.

 

ކަނޑުއޮޅިން އީރާނުގެ އުޅަނދުތައް ދަތުރުކުރަމުންދާއިރު، އެހެން ގައުމުތަކުން ބޯޓުތައް ދަތުރުކުރުމުގެ ހުއްދަ އޮންނަނީ ކޮންޓްރޯލުކޮށްފައެވެ. ހަނގުރާމަ ނިމުމުން ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީއޭއް ނެގުމާ ބެހޭ ގޮތުންވެސް އީރާނުގެ އޮފިޝަލުން ވަނީ މަޝްވަރާކޮށްފައެވެ.

 

އީރާނުން ކަނޑުއޮޅިގެ ކޮންޓްރޯލު ނެގީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގެ ރައްދުގައެވެ.


Share this article: Facebook Twitter WhatsApp
Related Articles