Politics Featured

ފެންނަ ނުފެންނަ ވޯޓްގައި ޕީއެންސީ މެންބަރުގެ އިޙްލާޞްތެރިކަމާއި މެދު ރައީސް މުއިއްޒު ސުވާލު އުފައްދަވާ ވާހަކަފުޅު ދައްކަވައިފި
ތަފްޞީލް

ނިމިދިޔަ ފެންނަ ނުފެންނަ ވޯޓްގައި ޕީއެންސީ މެންބަރުގެ އިޙްލާޞްތެރިކަމާއި މެދު ރައީސް މުއިއްޒު ސުވާލު އުފައްދަވާ ވާހަކަ ފުޅުދައްކަވައިފިއެވެ.

 

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރަސްދޫގައި 18 އޭޕްރިލް ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމވަމުން ވިދާޅުވީ ފެންނަ ނުފެންނަ ވޯޓްގައި ނާކާމިޔާބާއި ކުރިމަތިވެ ވަޑައިގަތީ ޕީއެންސީ ޓީމަށް މަސައްކަރް ނުކުރެވިގެން ކަމަށެވެ. އަދި ވޯޓް ހޯދަން ދާއިރު ވޯޓެއް ހޯދަން ދާއިރު އެއް ޓީމެއްގެ ގޮތުގައި ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް؛ ކާމިޔާބީ ލިބޭނީ އެއް ޓީމެއްގެ ގޮތުގައި، އެއް އާއިލާއެއްގެ ގޮތުގައި އިހުލާސްތެރި މަސައްކަތްތަކެއް ކޮށްގެން ކަމަށް ވިދާޅުވިއެވެ.

 

ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުން ވެސް ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވި އެވެ. ހަމަ އެ ދުވަހު ނެގި ދެ އިންތިހާބު އެއްކޮށްލުމުގެ ހިޔާލު ހޯދުމުގެ ވޯޓުގައި ވެސް ގިނަ ރައްޔިތުން ވޯޓުދިނީ، ސަރުކާރުން އެދުނު ގޮތާ ދެކޮޅަށް، ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ.


 ރައީސް ވިދާޅުވީ، އެ ވޯޓު ނާކާމިޔާބުވި ސަބަބުތައް ވަރަށް ތަފްސީލުކޮށް ބެލިއިރު، އޭގެ ތެރެއިން އެއް ސަބަބަކަށް ފާހަގަކުރެވުނީ، އެކަމަށް ޕީއެންސީގެ ކެމްޕޭން ޓީމުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވުން ކަމަށެވެ.


"އެއީ އެހާ ސާފުކޮށް އޮތް މައްސަލައެއް. އެކަމަކު އެކަން ކިޔައިދޭން އަޅުގަނޑުމެންނަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރެވޭ. އަޅުގަނޑުމެން އެބަޖެހޭ، މި ދަންނަވަނީ އަޅުގަނޑުމެން ޕީއެންސީގެ ޓީމުގެ ވާހަކަ. ޖުމްލަކޮށް މުޅި ރައްޔިތުންގެ ވާހަކައެއް ނޫން. އަޅުގަނޑުމެންގެ ކެމްޕޭން ޓީމުތަކުން އެ މަސައްކަތް ރަނގަޅަށް ކުރެވިފައެއް ނެތް. އެހާ ސާފުކޮށް އެހާ ރަނގަޅަށް އޮތް މައްސަލައެއްގައި،" ރައީސް ވިދާޅުވި އެވެ.


Share this article: Facebook Twitter WhatsApp
Related Articles