މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެތެރޭގައި މިދިޔަ ހަފްތާގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދިއްޖެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އިބޫޞާލިޙް މިހެންވިދާޅުވީއެމްޑީޕީއަށް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ހިންނަވަރުން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އާއްމު މެންބަރުން އެ އެދޭގޮތަށް އަޅުގަނޑުމެން މުޅި ލީޑަރޝިޕް މަސައްކަތް ކުރެވޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހިސާބަށް އާދެވުނުއިރު ހޯދިއްޖެ" ރައީސް އިބޫޞާލިޙް ވިދާޅުވިއެވެ.
ރައީސް އިބޫޞާލިޙް ވިދާޅުވިގޮތުގައި ދެބަސްވުން އުފެދުމުން އެކަން ހައްލު ކުރުމަށް ލީޑަރޝިޕްގެ ހުރިހާ ބޭފުޅުން ވަރަށް ދިގުކޮށް ކޮންމެ ދުވަހަކުވެސް ދިއައީ ވާހަކަ ދައްކާ މަޝްވަރާ ކުރަމުންނެވެ. އަދި 2028 ވަނަ އަހަހަރުގެ ރިޔާސީ އިންތިހާބް ކާމިޔާބު ކުރުމަށްޓަކައި ކުރިއަށް ދާނީ ލީޑަރޝީޕް އެކީގައި އޮވެގެން އެއްވެސް ލީޑަރަކު ބާކީ ނުވާކަހަލަ ގޮތަކަށް ހިސާބު ކުރެވިގެން ކަމަށް ވިދާލުވިއެވެ.
އެމްޑީޕީ ތެރޭފގައި އުފެދުނު ހިޔާލު ތަފާތުވުން އާއްމުންނާއި ހިސާބަށް ތިލަވެގެން އައީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދެއްކުމަށް ރައީސް ނަޝީދަށް ފުރުޞަތު ނުދިންކަމަށް ބުނެ ރައީސް ނަޝީދު އެޖަލްސާ އާއިބެހޭގޮތުން ރައީސް ނަޝީދު ގެންގުޅުއްވާ ނުރަސްމީ އެކައުންޓްން ސޯޝަލް މީޑިއާގެ އެކްސްގައި ޕޯސްޓެއް ކުރެއްވި ހިސާބުންނެވެ.
މި ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ސޯޝަލް މީޑިއާގައި އެކި މީހުން އެމީހުންގެ ތަފާތު ޝޫއޫރުތައް ވަނީ ފާޅުކޮށްފައެވެ. ހަމަ އެއާއިއެކު އެމްޑީޕީގައި އުފެދުނު ހިޔާލު ތަފާތުވުންތަކާހެދި ސަރުކާރަށް ނިސްބަވާ ގިނަ ބަޔަކު ދިޔައީ އުފާ ފަޅުކުރަމުންނެވެ.