މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޤައުމީ މަޖިލިސްގެ ސިއްރު ޖަލްސާއެއް 11 އެޕްރީލް ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހި އެޖެންޑާ ތާވަލްކޮށްފައި އޮއްވައި އެޖަލްސާގެ ސިއްރުކަން ގެއްލޭ ގޮތަކަށް މައުލޫމާތުތައް ހަމަވެއްޖެއެވެ.
އެމްޑީޕީ ޤައުމީ މަޖިލިސް ސިއްރު ޖަލްސާ ބޭއްވުމުގެ ކުރިން އެބައްދަލުވުމުގައި ކުރިއަށްދާނެ ބައެއް ކަންކަން މިހާރު މިޑިއާއަށް ތިލަވެފައިވާއިރު ބައެއް ކަންކަމުގެ ތެރޭގައި:
ދަ ޑިމޮކްރެޓްސް ޕާޓީގައި އުޅުއްވުމަށްފަހު އަލުން އެމްޑީޕީއަށް ވެންނެވި ރައީސް މުޙައްމަދު ނަޝީދަށް ޕާޓީގެ އެޑްވައިޒަރުކަން ދިނުން
ރައީސް މުޙައްމަދު ނަޝީދުއަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގޮނޑިއެއް ދިނުން
ޗެއަރޕާސަން ކަމުން އިސްތިއުފާ ދެއްވި ފައްޔާޒް އިސްމާޢީލަށް ޤައުމީ މަޖިލީހުން ގޮންޑިއެއް ދިނުން
ވަގުތީ ޗެއަރޕާސަން ކަމުގައި ހުންނެވި އަބްދުލް ޣަފޫރު މޫސާ އިތުބާރު ނެތް މައްސަލަ އަނބުރާ ގެންދިއުން
ޕާޓީ ވަކިކުރެވުނު ޗެއަރޕާސަންގެ ނައިބް އިބްރާހިމް ވަހީދުގެ މަޤާމު އިއާދަ ކުރުން
ޕާޓީގެ ލޯޔަރުގެ މަޤާމުން ވަކިކުރެވުނު އަޙްމަދު މައުރޫފްގެ މަޤާމު އިއާދަކުރުން
ޤައުމީ މަޖިލިސްގެ ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ތައްޔާރު ވަމުން ދިއައިރު އުފެދިފައިވާ ޚިޔަލު ތަފާތުވުންތަކަށް ޙައްލެއް ހޯދިއްޖެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ އެޕްރީލް 10 ވަނަ ދުވަހުގެ ރޭ ހިންނަވަރުގައި އެޕްޑީޕީން ބޭއްވި ޖަލްސާގައި ހާމަ ކުރައްވާފައެވެ.