Politics
Featured
ރައީސް އޮފީހުގެ މިނިސްޓަރކަމުން އަލީ އާރިފް އިސްދިއުފާ ދެއްވައިފި
Nathasha
April 13, 2026
Apr 13, 2026
14 views
ތަފްޞީލް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމުން އަލީ އާރިފް 13 އެޕްރީލް ގައި އިސްތިއުފާ ދެއްވައިފިއެވެ. އަލީ އާރިފް އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުގެ ތަރުޖަމާނުވެ މީޑިއާ އަށް ކަށަވަރު ކޮށްދެއްވި ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ތަރުޖަމާނުވެސް ހާމައެއް ނުކުރައްވައެވެ.
ރައީސް މުއިއްޒުއަށް ބޮޑުބޭބެ ވިދާޅުވާ އަލީ އާރިފް އަކީ ޕޯޑިއަމް ތަކުގައި އާއި މީޑިއާ ތަކުގައި ރައީސް މުއިއްޒުއަށް ތައުރީފް ކުރައްވާ ވަރަގިނަ ވާހަކަފުޅު ދައްކަވާ ފަރާތެކެވެ. މިގޮތުން ބައެއްފަހަރު އަލީ އާރިފް ދައްކަވާ ވާހަކަ ފުޅުތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި ފާޑު ކިއުންތައް އަމާޒުވެއެވެ.
އަލީ އާރިފް ވަނީ މީގެ ކުރިން ރައްޔިތުން މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައެވެ.