ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު ސިނާންގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު އެ ގޮނޑި ހުސްވުމުން އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
ސިނާނުގެ މެންބަރު ކަމުގެ ގޮނޑި ގެއްލުނީ ސާބިތު ދަރަންޏެއް އޮވެ، ކޯޓުގެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާ ކުރަމުން ނުދިޔުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ގޮތެއް ކަނޑައެޅުމުންނެވެ.
އިލެކްޝަންސް ކޮމިޝަނު އިއުލާން ކޮށްފައިވާ ގޮތުގައި ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތި ލުމުގެ ފުރުޞަތު 15 އެޕްރީލް ފެށިގެން އެޕްރީލް 29 ވަނަ ދުވަހު ހަތަރެއް ޖެހުމާއި ހަމަށް އަޅުވާލާނެއެވެ. އަދި ބައި-އިލެކްޝަން އޮންނާނީ ޖޫން މަހުގެ 6 ވަނަ ދުވަހު 8 ން ފެށިގެން ހަވީރު 4 ޖެހުމާއި ހަމަށް ކަމަށާއި ރަސްމީ ނަތީޖާ އިއުލާން ކުރާނީ ޖޫން މަހުގެ 8 ވަނަ ދުވަހު ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.