Politics Featured

މިހާރު މިއޮތް ސަރުލާރަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ނާޤާބިލް ސަރުކާރު – އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕް
ތަފްޞީލް

ދިވެހިރާއްޖޭގައި މިހާރު މިއޮތް ސަރުކާރަކީ މިހާތަނަށް ރާއްޖޭގައި އުފެނު އެންމެ ނާޤާބިލް ސަރުކާރު ކަމަށް އެމްޑީޕީ މާލަމެންޓް ގްރޫޕްގެ ލީޑަރ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

 

ނާޒިމް މިހެން ވިދާޅިވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު 2026 ވަނަ އަހަރު އިއްވެވި ރިޔާސީ ބަޔާނަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަމުންނެވެ.

 

މެންބަރު ނާޒިލް ވިދާޅުވީ އިޖުތިމާޢީ ރައްކާތެރިކަމާއި އިޤްތިޞާދީ ދާއިރާއިން ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި ރައީސް މުއިއްޒުގެ ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. އަދި އިޖުތިމާޢީ ދާއިރާއަށް ބަލާއިރު، އާސަންދައިގެ ޚިދުމަތުގެ ފެންވަރު ދަށަށް ގޮސް، ކުރިން ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބެމުންދިޔަ ބޭސްފަރުވާގެ ޚިދުމަތްތަކަށް ބުރޫއަރައި، އާންމުން ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހިފައިވާކަމަށެވެ.

 

އިޤްތިޞާދީ ގޮތުން ބަލާއިރު ޑޮލަރުގެ އަގު ކޮންޓްރޯލްކުރާނެ ކަމަށް ބުނި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ ޑޮލަރުގެ އަގު ހިފެހެއްޓުމެއްނެތި އުފުލެމުންދާ މަންޒަރު ކަމަށާއި އަދި ދައުލަތުގެ ޚަރަދުތައް ކުޑަނުކޮށް ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުކޮށް، ކުރީ ސަރުކާރުން ރައްކާކޮށްފައި ހުރި ރިޒާވް އެފަދަ ކަންކަމަށް ހޭދަކޮށް ހުސްކުރަމުންދާ ކަމަށް ވެސްމެންބަރު  ނާޒިލް ވިދާޅުވިއެވެ.

 

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކަނޑައެޅި 2.86 ބިލިއަންގެ ބަޖެޓަށް ވީނުވީއެއް ނޭނގި ހުސްވެފައިވާއިރު، ސަރުކާރުން ބާއްވާ ކުލަގަދަ ރަސްމިއްޔާތުތަކަށް ކުރާ ބޮޑެތި ޚަރަދުތަކާ މެދު ކަންބޮޑުވަމުން ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ވެސް އިސްރާފު ބޮޑު ގޮތަކަށް ރަސްމިއްޔާތުތައް ބާއްވާ ސަރުކާރު ކަމަށެވެ.

 

އަދި ޚާރިޖީ ދާއިރާއިން ރާއްޖެއަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަގުވެއްޓި، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ނުރުހުން އަމާޒުވަމުންދާ ކަމަށް ވިދާޅުވެ، ނާޒިލް ވަނީ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.


Share this article: Facebook Twitter WhatsApp
Related Articles