ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ސަރުކާރުގެ ވުޒާރާތަކަށް ބަދަލުން ގެންނަވާ އަލުން އެކުލަވައި ލައްވައިފިއެވެ. ރައީސް މިގެންނެވި ބަދަލު ތަކުގެ ތެރޭގައި ވުޒާރާގެ އަދަދު 20 ން 15 އަށްވެސް ވަނީ މަދުކުރައްވާފައެވެ. މީގެ ތެރެއިން 14 އެޕްރީލް ގައި ވަޒީރު ކަމުގެ ހުވާ ކުރެއްވީ 12 ވަޒީރުންނެވެ.
ރައީސް މުއިއްޒު މިގޮތަށް ނިންމެވީ 10 ވަޒީރަކު ވަޒީރުކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި ވަޒީރުން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މުޒާރާތަކަށް ގެންނެވި ބަދަލުތަކާއި އަލުން އެކުލަވައި ލެއްވި ވަޒީރުންގެ މަޖިލީސް އަކީ:
- މިނިސްޓަ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު – ހީނާ ވަލީދު
- މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖު، އެންވަޔަރްމެންޓް އެންޑް އެނާޖީ – ޢަލީ ޝަރީފް
3. މިނިސްޓަ އޮފް ފޮރިން އެފެއާޒް – އިރުތިޝާމް އާދަމް
4. މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ – ގީލާ އަލީ
5. މިނިސްޓަ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް – މޫސާ ޒަމީރު
6. މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ – ޢަލީ އިޙްސާން
7. މިނިސްޓަ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް – ޑރ. އިސްމާއީލް ޝަފީއު
8. މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް – މުޙައްމަދު ސަޢީދު
9. މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓް – ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
10. މިނިސްޓަ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން – މުޙައްމަދު އަމީން
11. މިނިސްޓަ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް – ޑރ. ޢަބްދުލްﷲ މުއްޠޮލިބް
12. މިނިސްޓަ އޮފް ޔޫތު، އެމްޕަވާމަންޓް އެންޑް ފިޓްނަސް - އަބްދުﷲ ރާފިއު
13. ބަންޑާރަ ނައިބް އަޙްމަދު އުޝާމް