މަޖިލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބު ވަކިވަކިން ބޭއްވުމުގެ ބަދަލުގައި އެއްފަހަރާ ބޭއްވުމަށް ވިސްނާލުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދެ އިންތިޚާބަށްވެސް ވަކިވަކިން ކުރަންޖެހޭ ޚަރަދު ކުޑަކުރެވޭތީއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ މި ދެ އިންތިޚާބު އެއްފަހަރާ ބޭއްވުމުން ސަރުކާރަށް އިޤްތިޞާދީ ގޮތުން ފައިދާ ވާނެއެވެ. އަދި އިންތިޚާބުތަކަށް ކުރަންޖެހޭ އިދާރީ ޚަރަދުތައްވެސް ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރުގެ މި ޚިޔާލަށް ގިނަ ބަޔަކު ތާއީދު ކުރާނެކަމަށް ބެލެވެއެވެ. ސަބަބަކީ މިއީ މިވަގުތު ރާއްޖޭގެ އިޤްތިޞާދަށް ބަލާއިރު ކުރަން އެންމެ ރަނގަޅު ކަމަށް ފެންނާތީއެވެ.

Source: Dhauru ↗