Local News Featured

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި.
ތަފްޞީލް

ފީއަލީ ބަނދަރު ސަރަހައްދުގައި 09 އޭޕްރިލް ގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި ފިހުނު ބަންގްލަދޭޝްގެ މީހާ، ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.


އަލިފާނުގެ ހާދިސާ ހިނގާފައިވަނީ 09 އޭޕްރިލްގެ ހެނދުނު 9:15 އެހާއިރު ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެގެންނެވެ. މި ހާދިސާގައި ފިހިފައިވާ ބަނގަލަދޭޝް ރައްޔިތަކީ (އުމުރު 39) އެ ދޯނީގައި މަސައްކަތްކުރާ މުވައްޒަފެކެވެ.

ފިހުނު މީހާގެ 60 އިންސައްތަ ފިހިފައިވާ ކަމަށާއި އެމިހާއަށް ފަރުވާ ދެމުން ގެންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވައެވެ.


އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި، ތެޔޮ ދޯނީގެ އިތުރުން ކައިރީގައި އޮތް ތިން ދޯންޏެއްގައި ރޯވެ، ހަތަރު ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. އަދި އެ ސަރަހައްދުގެ އެއްގަމުގައި ހުރި އައިސް ޕްލާންޓަށް ވެސް އަލިފާނުގެ އަސަރުކޮށް، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.


މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ 09 އޭޕްރިލްގެ 9:30 ހާއިރެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ނިލަންދޫ އަދި ކުޑަހުވަދޫ ފަޔާ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެފައެވެ. އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ގަޑިއިރެއްހާއިރުގެ މަސައްކަތަށްފަހު އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ހެނދުނު 10:35 ހާއިރުއެވެ.


Share this article: Facebook Twitter WhatsApp
Related Articles