Business Featured

މާރިޗު މަހުގެ ނިޔަލަށް 512 މިލިޔަން ޑޮލަރު ލިބިފައިވޭ، މީގެ ތެރެއިން 269 މިލިއަން ޑޮލަރު ލިބިފައިވަނީ ޓީ-ޖީއެސްޓީގެ ގުތުގައި
ތަފްޞީލް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ މާރިޗު މަހުގެ ދައުލަތުގެ އާމްދަނީގެ ރިޕޯޓުގައިވާގޮތުން މާރިޗު މަހުގެ ނިޔަލަށް ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެ އަދަދަކީ 512،444،534 ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީގެ އަދަދު ކަމުގައިވާ 441،847،516 ޑޮލަރާ އަޅާ ބަލާއިރު %15 އިތުރު އަދަދެކެވެ.

މާރިޗު މަހުގެ ނިޔަލަށް ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެތެރޭގައި އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓީ-ޖީއެސްޓީއާއި، ޑީޕާޗަރ ޓެކުހާއި، އިންކަމް ޓެކްސް، އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެގޮތުގައި ލިބިފައިވާ އަދަދެވެ.

ފާހަގަ ކޮށްލެވޭ ބައެއް އަދަދުތަށް:

- ޓީ-ޖީއެސްޓީ: 269 މިލިޔަން ޑޮލަރު

- އިންކަމް ޓެކްސް: 56 މިލިޔަން ޑޮލަރު

- ގްރީން ޓެކްސް: 47 މިލިޔަން ޑޮލަރު

- އެއާޕޯޓު ޑިވެލޮޕްމަންޓު ޓެކްސް: 37 މިލިޔަން ޑޮލަރު

- ޑިޕާޗަރ ޓެކްސް: 36 މިލިޔަން ޑޮލަރު

- ލޭންޑު އެކިއުޒިޝަން އެންޑު ކޮންވާޝަން ޓެކްސް: 35 މިލިޔަން ޑޮލަރު


ތަފާސްހިސާބުތައް ދައްކާގޮތުން މާރިޗު މަހު ލިބުނު އާމްދަނީގެތެރޭގައި 208 މިލިޔަން ޑޮލަރު ހިމެނެއެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހު ލިބުނު 178 މިލިޔަން ޑޮލަރާ އަޅާ ބަލާއިރު %16 އިތުރު އަދަދެކެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ 1.4 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ 2024ވަނަ އަހަރު ލިބުނު 1 ބިލިޔަން ޑޮލަރާ އަޅާ ބަލާއިރު %37 އިތުރު އަދަދެކެވެ.


Share this article: Facebook Twitter WhatsApp
Related Articles