Business Featured

ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ހަތް ލައްކަ ފަހަނައަޅައިފި
ތަފްޞީލް

ރާއްޖެއަށް މިއަހަރު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ރިޕޯޓް ކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ރިޕޯޓްގައިވާ ގޮތުން 704711 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.

 

މިއަހަރުގެ މިހާތަށް މިގޮތުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. ދެ ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަން ކުރީ ރަޝިއާ އިންނެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސި ވިލާތުންނެވެ.

 

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދު 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 1.3 އިންސައްތަ ދަށްވުމެއް އައިސްފައިވެއެވެ.

 

މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ

-         ޖެނުއަރީ: 227403 ފަތުރުވެރިން

-         ފެބްރުއަރީ: 254556 ފަތުރުވެރިން

-         މާރިޗު: 166616 ފަތުރުވެރިން

-         އޭޕްރީލް 11ގެ ނިޔަލަށް: 56136 ފަތުރުވެރިން

 

ރާއްޖެ މިއަހަރު އައި ފަތުރުވެރިންގެ ތެރެއިން 694360 ފަތުރުވެރިން އައިސްފައިވަނީ ވައިގެ މަގުންނެވެ. ކަނޑުމަގުން ރާއްޖެ އައިސްފައިވަނީ 10351 ފަތުރުވެރިންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ދިވެހިރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1301 ތަނެއް ވަނީ ހުޅުވާފައެވެ. އަދި މި ތަންތަނުގައި 67000 އަށްވުރެ ގިނަ އެނދު ޚިދުމަށް ވަނީ ގެނެވިފައެވެ.


Share this article: Facebook Twitter WhatsApp
Related Articles