Local News Featured

އިދާރާތަކުން ޒިންމާ އަދާކުރިތޯ ބެލުމަށް މެންބަރު ކުޑޫ އެދިއްޖެ
ތަފްޞީލް

އަރިއަތޮޅު ދެކުނުބުރި ދިގުރަށުގައި މިދިޔަ މާރިޗު މަހު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ސަރުކާރުގެ އިދާރާތަކުން އަދާކުރަންޖެހޭ މަސްއުލިއްޔަތު ފުރިހަމައަށް އަދާކުރިތޯ ސާފުކޮށްދިނުމަށް އެދި ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މެންބަރު ކުޑޫ ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ މިދިޔަ މާރިޗު މަހުގެ 12 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ދިގުރަށުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އަލިފާން ރޯވެ 5 ބިދޭސީއަކު ނިޔާވެ 8 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާއިރު އެ ހާދިސާ އާއި ގުޅިގެން ސަރުކާރުގެ އިދާރާތަކުން ޒިންމާ އަދާކުރިތޯ، ރައްޔިތުން މަޖިލީހުގެ "ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ" މެދުވެރިކޮށް ބަލައިދިނުމަށެވެ.  

 

މެންބަރު ކުޑޫގެ ސިޓީގައި ސާފުކުރަން އެދިވަޑައިގެންފައިވާ ބައެއް މައުލޫމާތު ތަކަކީ:

  • އަލިފާނުގެ ހާދިސާ ހިނގި އިމާރާތަކީ ކުއްޔަށް ދިނުމުގެ ޤަވާއިދާ އެއްގޮތަށް ހަދާފައިވާ، ދިރިއުޅުމަށް ބޭނުންކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަނެއްތޯ 
  • މަރުވި ބިދޭސީންނަކީ ސައްހަ ޕާމިޓެއްގެ ދަށުން މަސައްކަތް ކުރަމުން ދިޔަ ބައެއްތޯ އަދި އެ މީހުން ރަޖިސްޓްރީ ކޮށްފައިވާ ވަޒީފާ ދޭ ފަރާތަކީ ކޮބައިތޯ
  • ރޯވިތަނަކީ ވިޔަފާރި އުސޫލުން ހިންގާތަނެއް ނަމަ، ޤަވާއިދުގެ ދަށުން، 'އެކްސްޕެޓްރިއޭޓް އެކޮމޮޑޭޝަން' ވިޔަފާރި ހަރަކާތެއްގެ ގޮތުގައި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވޭތޯ
  • ބިދޭސީން މަސައްކަތް ކުރާ މީހުން ދިރިއުޅޭ ތަންތަން މޮނީޓާކުރުމުގެ ބާރު ޑިފެންސް މިނިސްޓްރީއަށް އޮތް އިރު، އެ އިމާރާތަކީ ޤަވާއިދާ އެއްގޮތަށް ބިދޭސީން ބޭތިއްބުމުގެ މިންގަނޑުތަކަށް ފެތޭ ތަނެއްތޯ ބަލާފައިވޭތޯ
  • އެ ފަދަ ތަންތަން މޮނީޓާކުރުމަށް ގެންގުޅޭ އުސޫލަކީ ކޮބައިތޯ
  • އަލިފާނުގެ ހާދިސާ ހިނގި އިމާރާތަކީ، ބޭނުން ކުރަން ހުއްދަދިން ތަނެއްތޯ ކައުންސިލުން ބެލިތޯ
  • އެއީ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެން ދޫކޮށްފައިވާ ތަނެއްތޯ ކައުންސިލުން ބެލިތޯ

 

މި ހާދިސާއާއި ގުޅިގެން ދިގުރަށުގެ ކައުންސިލުން މައުލޫމާތު ދީފައިވަނީ ބިދޭސީން ދިރިއުޅެމުން ދިޔަ އެ އިމާތާރުގައި ރޯވެފައިވަނީ ކަށްކަން އުޅުމުގެ ތެރޭގައި ގޭސް ލީކުވެގެން ކަމަށާއި އޭރު އެގޭތެރޭގައި ގިނަ ބަޔަކު ނިދާފައިވާ ތިބި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. 


Share this article: Facebook Twitter WhatsApp
Related Articles