ޕާސްޕޯޓާއި ގުޅުން ހުރި 3 ޚިދުމަތެއް އިމުގާ ތެރެއަށް އިތުރު ކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ހާމަކޮށްފިއެވެ.
މިގޮތުން އިމުގާ ޕޯޓަލްގެ ތެރެއަށް އިތުރުކުރި 3 ޚިދުމަތަކީ ޕާސްޕޯޓް ނަގަންވީ ތަން ބަދަލު ގެނައުމަށް ހުށަހެޅުމާއި ޕާސްޕޯޓް ކޮޕީއަށް އެދި ހުށަހެޅުމާއި އަދި ކުރީގެ ޕާސްޕޯޓްތަކުގެ ތަފްޞީލް ހޯދުމަށް އެދި ހުށަހެޅުމެވެ.
މޯލްޑިވްސް އިމިގްރޭޝަން އިން މައުލޫމާތު ދިން ގޮތުގައި މީގެ ކުރިން މި 3 ޚިދުމަތަށްވެސް އެދެން ޖެހެނީ ސިޓީ ހުށަހަޅައިން ނުވަތަ އެކަމަށް އެދި އީމެއިލް މެދުވެރިކޮށް ކަމަށެވެ. އެހެން ނަމަވެސް ޕާސްޕޯޓް ޚިދުމަތަ ދިނުމުގައި އިތުރު ލުއިފަސޭހަ ގޮތްތައް އާއްމުންނަށް ފޯރުކޮށް ދިނުމުގެ ގޮތުން އިމުގާ ޕޯޓަލް ތެރެއިން ހުށަހެޅުމަށް ބަދަލު ގެނައީއެވެ. އިމުގާތެރެއިން މި ޚިދުމަތް ތަޢާރަފް ކުރުމުން ސިޓީ އާއި އީމެއިލް ހުށަހަޅަންޖެހުން ނިމުމަކަށް އައީއެވެ.
އިމިގާ އަކީ އިމިގްރޭޝަންގެ ޚިދުމަތްތައް ފަސޭހަކާމާއި އަވަސް ކަމާއެކު އާއްމު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް 2020 ވަނަ އަހަރު ތަޢާރަފް ކުރެވުނު ޚިދުމަތެކެވެ