ކ. ހުރާގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެގެ އެއްކޮށް އަނދައިފި
ތަފްޞީލް

ކ. ހުރާގައި 12 އޭޕްރީލް ވަނަ ދުވަހުގެރޭ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާ މުޅިގެ އެއްކޮށް އަނދައިގެން ހިނގައްޖެއެވެ. މިހާދިސާގައި އެގޭގައި ދިރިއުޅޫ މީހުންގެ ތެރެއިން އެކަކު އަތް ފިހި ފަރުވާދެމުން ދާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދެއްވިއެވެ.

 

އެންޑީއެމްއިން މައުލުމާތު ދިންގޮތުގައި މިހދިސާގެ ސަބަބުން އެގޭގައި ދިރިއުޅެމުން އައި 15 މީހުންނަށް އިންސާނީ އެހީތެރިކަން ކ. ހުރާ ކައުންސިލް އާއި ގުޅިގެން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

 

އަލިފާން ރޯވާން ދިމާވި ސީދާ ސަބަބެއްވެސް އަދި ކަށަވަރެއް ނުވެއެވެ.


Share this article: Facebook Twitter WhatsApp
Related Articles