Local News Featured

ބޯޑު ބައްދަލުވުން ނިންމާފައި ގެއަށް ނުދެވެނީސް ވަކިކުރި ކަމުގެ މެއިލް ލިބިއްޖެ - އިބްރާހިމް ނޫރައްދީން
ތަފްޞީލް

އިބްރާހިމް ނޫރައްދީ، މޯލްޑިވްސް އެއަރޯޓްސް ކޮންޕެނީން މިސަރުކާރުން ވަކިކުރެއްވީ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމެއް ނިންމާލާފައި ގެއަށް ދަނިކޮށް ކަމަށް އިބްރާހިމް ނޫރައްދީން ވިދާޅުވެއްޖެއެވެ. ޑިރެކްޓަރުންގެ ބޯޑުން ނުރައްދީން ވަކިކުރެއްވިފަހުން އެކަމާ އަދި އަލަށް ބަހެއް ވިދާޅުވަމުން ނޫރައްދީން ފާހަގަ ކުރެއްވި ގޮތުގައި ސަރުކާރުން ވަރަށް ބޮޑަށް އެމްއޭސީއެލްގެ ބޯޑަށް މިހާރު ނުފޫޒު ފޯރުވާ ކަމަށާއި އުޞޫލުތަކާއި ޚިލާފަށް ކިތަންމެ ކަމެއް ހިންގަވާ ކަމަށެވެ.

 

ނޫރައްދީން މިހެން ވިދާޅުވީ އެމަނިކުފާނު ގެންގުޅުއްވާ އެކްސް އެކައުންޓް މެދުވެރިކޮށެވެ. އާއްމުކޮށް ސޯސަލް މީޑިއާގައިވެސް ހަރަކާތްތެރިނޫން ނޫރައްދީ އެކްސްގައި ވިޅުވީ ގޮތުގައި، ތަރުޖިރާ ނެތް އަދި ބިޑް ކުރުމެއްނެތި ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ) އަށް 93 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލު ކުރަން އުޅުމުން އެކަމާއި ދެކޮޅު ހެއްދެވި ކަމަށެވެ. މަޝްރޫއުގެ ނަން ނުޖެއްސެވި ނަމަވެސް ނޫރައްދީން ވިދާޅުވެފައި ވަނީ އާރުޑީސީ އަކީ ހަވާލު ކުރަން އެއުޅުނު މަސައްކަތުގެ އެއްވެސް ތަޖުރިބާ ނެތް ދާއިރާގެ ބައެއް ކަމަށެވެ. އެކަމާ ދެކޮޅަށް ވާހަކަ ދެއްކެވުމުން އެމަސައްކަތް އާރުޑީސީ އާއި ހަވާލު ކުރަނީ "މަތީ ވެރިޔާގެ އެންގެވުމުގެ" މަތިން ކަމަށް ބޯޑަށް އެންގި ކަމަށެވެ.

 

ދިވެހިރާއްޖޭގެ ކުދި ކުންފުނިތަކުން ދެމުންގެންދާ ޖެޓް ސާވިސް ޚިދުމަތްދޭ ޓާމިނަލް އެއްވެސް ބިޑަކާނުލާ 25 އަހަރަށް "ޖެޓްއެކްސް" ކިޔާ ކުންފުންޏަކަށް ސަރުކާރުގެ އެޑްވައިޒަރު ދޭން ބޭނުންފުޅުވި ކަމަށްވެސް ނޫރައްދީ ވިދާޅުވެފައި ވެއެވެ. ޖެޓް ސަރވިސް ޚިދުމަތަކީ ދިވެހި އަމިއްލަ ކުދި ކުންފުނި ތަކަކުން ތަރައްޤީކޮށް ހިންގަމުންދާ މަސައްކަތެއް ކަމަށްވެސް ނޫރައްދީން ފާހަގަ ކޮށްފައިވެއެވެ.

 

އިބްރާހިމް ނޫރައްދީން ވިދާޅުވީ، އެމްއޭސީއެލްގައި މިހާރު ކަންތައްތައް ހިނގަމުންދާ ގޮތާ މެދު ހިތާމަކުރައްވާ ކަމަށާއި އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބެވި ޑިރެކްޓަރުންގެ އަމަލުތަކާ މެދު ސުވާލު އުފައްދަވައިފައެވެ. އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ހަނު އޮތުމުން އެކަމަށްވެސް ފާޑުވިދާޅުވެފައެވެ.

 

ނޫރައްދީނަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، އަދި އެމްއޭސީއެލްގެ ބޯޑުގައި މީގެ ކުރިން ވެސް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.


Share this article: Facebook Twitter WhatsApp
Related Articles