Local News Featured

ނިމިދިޔަ ސަރުކާރުން އެންމެ ދެކުނު 3 އަތޮޅުޅުގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެޅުމަށް ނިންމި ސިންތެޓިކް ޓްރެކްގެ މަސައްކަތް އަލުން ފަށަނީ
ތަފްޞީލް

އިންޑިއާ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގދ. ތިނަދޫ އާއި ފުވައްމުލަކު އަދި އައްޑޫ ސިޓީގައި ނިމިދިޔަ ސަރުކާރުން އަޅަން ނިންމާ ފައިސާގެ ކަންކަން ހަމަޖެހިފައިވާ ސިންތެޓިކް ޓްރެކް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ގުޅޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

 

ވުޒާރާގެ މަސައްކަން ކުރިއަށްދާ ގޮތާއި ބެހޭގޮތުން ރައީސްލްޖުމްހޫރިއްޔާ އޮފީހުގައި ނޫސް ވެރިންނާ ބައްދަލު ކުރައްވާ ވަޒީރު ރާފިޢު ވިދާޅުވީ ކުރެހުންތައްވެސް އިނޑިއާގެ ކަމާގުޅޭ އިދާރާއާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި މަސައްކަތާ ގުޅޭ އިރުޝާދުތަކާއި އެއްގޮތަށް ވުޒާރާއިން ފުރިހަމަ ކުރަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

 

ވަޒީރު ވިދާޅުވީ ”މިދިޔަ ދެއަހަރު ކުރިންވެސް މިކަން ހިނގާފަ އޮތް ކަމަށާއި، އަނެއްކާވެސް ރިކުއެސްޓެއް އައީ މީގެ ކުރެހުން ހޯދުމަށްޓަކައި އިންޑިއާ ސަރުކާރާއި ހިއްސާކޮށްގެން. ދެން މިއީ ރާއްޖޭގެ ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ހިނގާ މުއާމަލާތެއް ކަމަށްވާތީ އިރުޝާދުތައް ލިބެމުންދާވަރަކަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ކުރަމުން" ދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މީގެކުރިން މީގެ ތެރޭގައި ކުޅުދުއްފުށީގައި އޮތް ޓްރެކް ވެސް ހިމެނިފައި އޮތް ކަމަށާއި އެހެންނަމަވެސް މިހާރު ކުޅުދުއްފުށީ ޓްރެކްޓްގެ މަސައްކަތް ކުރިޔަށް ގެންދަން ނިންމާފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކަމަށެވެ.

އަދި ކުޅުދުއްފުށީ ޓްރެކް އެޅުމުގެ ކުރިން ކުރަންޖެހޭ ސާވޭގެ މަސައްކަތް ވަނީ ނިމިފައިކަމަށާއި، އަދި ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.


އިންޑިއާގެ އެހީގައި މާލޭގަވެސް ސިންޓްރެކް ޓްރެކް ވަނީ ތަރައްޤީ ކޮށްފައެވެ. 


Share this article: Facebook Twitter WhatsApp
Related Articles