މި ސަރުކާރުން ހުޅުވާޅި ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުޞަތު އަނެއްކާވެސް އިތުރުކޮށްފި
ތަފްޞީލް

މިސަރުކާރުން އަލަށް ތަޢާރަފްކޮށްފައިވާ "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމްގެ ދަށުން ފްލެޓަށް ގޯއްޗަށް އެދުމުގެ ސުންގަޑި މެއި މަހުގެ ނިޔަލަށް ދަންމާލައިއެވެ.

 

ގެދޮރާއި ގުޅޭ ވުޒާރާއިން ކުރި އިއުލާނުގައި ވާގޮތުން މެއިމަހުގެ 30 މެއި މަހުގެ ރޭގަނޑުގެ 11:59 އަށް ވަނީ އިތުރު ކޮށްފައެވެ. މީގެ އިތުރުން ފްލެޓާއި ގޯއްޗަށް އެދުމުގެ ޝަރުތުތައްވެސް ދޭތެރެ ދޭތެރެއިން ދަނީ ބަދަލު ކުރަމުންނެވެ.  

 

އެންމެފަހު މިނިސްޓްރީން އިސްލާހު ކުރީ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން 'ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ'ގެ ޝަރުތުތަކެވެ. އަދި މިނިސްޓްރީން ބުނި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުވަތަ އެފަދަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިސްލާހުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.



Share this article: Facebook Twitter WhatsApp
Related Articles