Local News Featured

އައިޔޫއެމްއަށް ފައިސާ ހޯދުމަށް ނިމިދިޔަ ސަރުކާރުން އެކުލަވައިލި ފުރަތަމަ މަޝްރޫޢު ނިމުމަކާ ގާތައް
ތަފްޞީލް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)އަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ނިމިދިޔަ ސަރކާރުން އެކުލަވައިލި "ސަނާބިލް" އިމާރާތުގެ ކޮންކްރީޓްގެ ގާތަގަނޑަކަށް ނިމިފައިވާ ކަމަށް އައިޔޫއެމް އިން ހާމަކޮށްފިއެވެ. އައިޔޫއެމް އިން މައުލޫމާތު ދެއްވި ގޮތުގައި މި މަޝްރޫޢުގެ ދަށުން 2019 ވަނަ އަހަރު ހުޅުމާލެއިން ސެންޓްރަލް ޕާކް ކައިރިން އައިޔޫއެމްއަށް ބިމެއް ދެއްވުމުން އެ ބިމުގައި އިމާރާތް ކުރާ 8 ފަންގިފިލާގެ އިމާރާތް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށެވެ.

 

މިހާރު ކުރިއަށް ދަނީ ލިފްޓް ހަރުކުރުމާއި ކުލަ ލުންފަދަ ފިނިޝިންގެ މަސައްކަތްތައްކަމަށާއި މިއަހަރުގެ ސެޕްޓެންބަރު މަހަށް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެ ޔުނިވަރުސިޓީން މައުލޫމާތު ދެއްވި ގޮތުގައި މަސައްކަތް ލަސްވެގެން ދަނީ އެތަނުގެ ސްޓްރަކްޗަރ އަށާއި އެހެނިހެން ކަންކަމަށް ބައެއް ބަދަލު ގެންނަން ޖެހުމުން ކަމަށެވެ.

 

މި މަޝްރޫޢަކީ އިސްލާމިކް ފައިނޭންސްގެ ސުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ޢިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ ފުރަތަމަ މަޝްރޫޢެވެ. މި މަޝްރޫޢު ހިންގުމަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓްގައި 1 މަސްދުވަހުގެ މުއްދަތަށް އައިޔޫއެމްގެ ސުކޫކް ސަބްކްރިޕްޝަންއަށް ހުޅުވާލީ 11 އޮގަސްޓް 2024 ގައެވެ. އަދި މުއްދަތު ހަމަވިއިރު ސަބްސްކްރައިބް ކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބީއެމްއެލް އިސްލާމިކް އިންނެވެ.

ޔުނިވަރސިޓީގެ ބިމެއްގައި 8 ފަންގިފިލާގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަލް ޕާކިންގ ޖާގަތައް ހިމެނެއެވެ.

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް އިމާރާތުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 12 ވަނަ ދުވަހުގައެވެ. މި އިމާރާތަކީ 2004 ވަނަ އަހަރު ކުއްލިއަތުލް ދިރާސަތުލް އިސްލާމިއްޔާ ވުޖޫދުވި ފަހުން، އެ ތަޢުލީމީ އިންސްޓިޓިއުޓްއަށް ނިސްބަތްކޮށް އިމާރާތްކުރާ ފުރަތަމަ ބިނާވެސްމެއެވެ. 


Share this article: Facebook Twitter WhatsApp
Related Articles