މަސްދަޅުގެ އަގު މިފްކޯއިން ބޮޑުކުރީ ސަރުކާރަށް އެންގުމަކާނުލާ ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި، މިފްކޯއިން މަސްދަޅުގެ އަގު ބޮޑުކުރަންޖެހޭ ސަބަބުތައް ސަރުކާރަށް ސާފުކޮށްދީފައިނުވެއެވެ. އަދި އަގު ބޮޑުކުރުމުގެ ކުރިން މަޝްވަރާކޮށްފައިވެސް ނުވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި މައްސަލާގައި ސަރުކާރުން މިފްކޯއާއެކު މަޝްވަރާތައް ކުރިއަށްގެންގޮސް، އަގު ބޮޑުކުރަންޖެހޭ ސަބަބުތައް ދެނެގަތުމަށް މަސައްކަތް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވީހާވެސް އަވަހަށް މިކަމަށް ހައްލެއް ގެންނާނެކަމަށްވެސް މިނިސްޓަރ ޔަޤީންކަން ދެއްވިއެވެ.

Source: Dhauru ↗