ހުޅުމާލޭގައި ކާޓޫ ނަގައިގެން ޕާކިންގް ވިއްކާކަމަށް ބުނާ ވާހަކަތައް އެޗްޑީސީން ދޮގުކޮށްފިއެވެ. އެކުންފުނިން ބުނީ އެފަދަ އެއްވެސް ކަމެއް ހިނގާފައިނުވާކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޚަބަރުތަކުގައި ބުނެފައިވަނީ ކާޓޫ ނަގައިގެން ގަވާއިދާ ޚިލާފަށް ބަޔަކު ޕާކިންގް ވިއްކަމުންދާކަމަށެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ.

އެޗްޑީސީން އިތުރަށް ބުނީ އެފަދަ މައްސަލައެއް ފެންމަތިވެއްޖެނަމަ އެކަން އެކުންފުންޏަށް އަންގާ އެފަދަ ކަންކަން ހުއްޓުވުމަށް އެހީތެރިވެދިނުމަށް އެދޭކަމަށެވެ.

Source: Dhauru ↗