އެމްޑީޕީ އަބަދުވެސް ކުރިއަށް ދާންޖެހޭނީ އާ ވިސްނުންތަކާއި، ޒުވާން ލީޑަރުންނާއެކު ކަމަށާއި، އަބަދު އެ މޫނުތަކެއްގެ ބަދަލުގައި އާ ޖީލަކަށް އެމްޑީޕީ ހިންގަން ދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލް މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތައް ކައިރިވަމުން އަންނައިރު، އެ ޕާޓީގެ ކުރީގެ ލީޑަރުން އަދިވެސް އެ މަޤާމުތަކަށް ކުރިމަތިލައްވާތީ އެކަމަށް އިޝާރާތް ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ، ޒުވާނުންނަށް ފުރުސަތު ނުދީ، އަބަދު އެއްބަޔަކު ވެރިކަން ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމްޑީޕީ އަކީ އަބަދުވެސް އާ ވިސްނުންތަކާއި، އާ ލީޑަރުންނަށް ފުރުސަތު ދޭންޖެހޭ ޕާޓީއެއް ކަމަށެވެ. އަދި އެ ޕާޓީ ކުރިއަށް ދާންވާނީ ޒުވާން ލީޑަރުންނާއެކު ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.

Source: Dhauru ↗